ހދ. ނޮޅިވަރަމްގައި ސައިކަލަކާއިއެކު މޫދަށް ވެއްޓުނު މީހަކު އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ނޮޅިވަރަމް ބަނދަރުން ސައިކަލަކާއިއެކު މީހަކު މޫދަށް ވެއްޓިގެން ރިޕޯޓުކޮށްފައިވަނީ ރޭ 9:15 ހާއިރު ކަމަށެވެ.
ނޮޅިވަރަމް ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް އެމީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޔެވެ. އަދި ނިޔާވެފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން ކަމަށް އެ އިދާރާ އިން ބުންޔެވެ.




