އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ފުލުހުންގެ އިދާރާއިން ބަަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ ޕޯސްޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ.
ފޭކް ނަމެއްގައި ހަދާފައިވާ މި އެކައުންޓުން މީގެ ކުރިންވެސް އިސްލާމް ދީނާ ޚިލާފު ގިނަ ކޮމެންޓުތައް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ކުރަމުން އައިސްފައި ވެއެވެ. އިއްޔެ ހެނދުނު އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި މާތްވެގެންވާ ހަރަމްފުޅާއި، ޠަވާފުލް އިފާޟާއަށް އަށް ނިސްބަތްކޮށް ކޮށް ފުރައްސާރަކޮށްފައި ވެއެވެ.
މި ޕޯސްޓް ކުރި އެކްސްގެ އެކައުންޓް މިހާރުވަނީ ޑިލީޓްކޮށްފަ އެވެ.



