ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ހަރުގެ ހުޅުވުމަށް، މިރޭ ބާއްވަން އުޅުނު ރަސްމިއްޔާތު ފަސްކޮށްފި އެވެ.
ޕީއެންސީން ބުނީ ހަރުގެ ހުޅުވާ ރަސްމިއްޔާތު ފަސްކުރީ މާލެ ސަރަހައްދަށް މޫސުން ގޯސްވުމާއި ގުޅިގެން ކަމަށެވެ. އަދި، މި ރައްމިއްޔާތު ދެން ބާއްވާނީ މާދަމާރޭ ކަމަށް ޕީއެންސީން ބުނެފައި ވެއެވެ.
އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވިލާގައި އަލަށް ގާއިމުކުރި ޕީއެންސީގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ވެޔޮވިލާއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އާއި ދަ ޑިމޮކްރޭޓްސް އިން ކުރިން ހަރުގެ ހިންގި ތަނެކެވެ. 5 އަހަރަށް އެތަން ކުއްޔަށް ހިފައި ޕާޓީގެ ހަރުގެ ހިންގަން ޕީއެންސީން ވަނީ އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.




