އިއްޔެ ނ. ވަވަތިއަށް ލެއްގި ޑިންގީގައި ތިބީ ހާލުގައި ޖެހި ބެހިގެން އައި ބައެއްކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ނ. ވިޔަވައްޗަށް ލެއްގި ޑިންގީގައި ތިބީ ސޮމާލިއާއަށް ނިސްބަތްވާ 3 މީހުންކަމަށް އިއްޔެ ފުލުހުން ކަށަވަރުކޮށްދީފައި ވެއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އިއްޔެ ފެނުނު މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން ރާއްޖެއަށް އާދެވުނު ބައެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ. އަދި، އެމީހުން ނ. ހޮޅުދުއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީގޮތުން އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ވަވަތި އަކީ ސަރުކާރުން ދަނޑުވެރިކަންކުރުމަށް ވަރުވާއަށް ދޫކޮށްފައި ވާ ރަށެކެވެ.



