މާލެ ސިޓީ އީދު މިސްކިތުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އީދު މިސްކިތުން ވައްކަންކުރި މައްސަލައެއްގައި ހައްޔަރުކުރީ 41 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހު އޭނާ ބަންދުކުރުމަށް އަމުރެއް ނެރެދީފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިމަހުގެ 22 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، އީދު މިސްކިތުން ފަންކާއެއް ވަގަން ނަގައިގެން ފުލުހަށް ހުށަހަޅާފައިވާކަމަށެވެ. އަދި، އެދުވަހު ސިޓީ ކައުންސިލުން ވަނީ، ވައްކަން ކުރި މީހާ ފެންނަ ސީސީޓީވީ ފުޓޭޖްވެސް އާންމުކޮށްފަ އެވެ.
މާލޭ މިސްކިތްތަކުން ވައްކަންކުރުން މިހާރު ވަނީ އާންމުވެފަ އެވެ. މިއަހަރުގެ މިހާތަނަށް މާލޭ މިސްކިއްތަކުން ވައްކަންކޮށްގެން 21 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.



1 Comment
ސާބަސް ދެން ވައްކަން ނުކުރާނީ ކޮންތާކުން.. ހަމަ ދެއަތް ބުރިކޮއްލަންވީ😡