މާލެ ސިޓީ، ސިނަމާލެ-3 ގެ ޓެރަސް މަތީގައި ހަރުކޮށްފައި ހުރި އާތު ދަނގަޑުތައް ވަގަށް ގެންގޮސްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ބުނެފައިވަނީ ސިނަމާލެ-3 ގެ ޓެރަސް މަތިން ވައްކަންކޮށްފައި ވަނީ ސިނަމާލެ-2 ގައި ދިރިއުޅޭ 3 ފިރިހެނުންކަމަށެވެ. އަދި، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ކައުންސިލުން އެކްސްގައި ކުރި މެސެޖެއްގައި ބުނެފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 3 ދިވެހި ފިރިހެނުންނެވެ. އެއީ 35 އަހަރުގެ 2 މީހުންނާއި 45 އަހަރުގެ މީހެކެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



