އައްޑޫ ސިޓީ ފޭދޫގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުން ބުނީ، އޭނާ ހޯދަން ފެށީ ހެނދުނު ކުނި އުކާލަން ދިޔަ ގޮތައް ޚަބަރެއް ނުވެގެން ކަމަށެވެ. އަދި، އޭނާ ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައިވާ ކަމަށް 09:40 ހާއިރު ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެމީހާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ، މަރުވެފައިވަނީ ނޭޕާލް މީހެއްކަމަށާއި، އޭނާ މަރުވެފައިއޮތްއިރު ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



