އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފި އެވެ.
މީޑިއާތަކާއެކު މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި، އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ވެއެވެ. އަދި މި ސެންޓަރު ހިންގާނެ ގޮތާއި ރާއްޖޭގައި ސްކޭމްގެ މިހާރުގެ ހާލަތު އޮތް ގޮތުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
އޭގެ އިތުރުން ސްކޭމްގެ ޝިކާރައަށްވާ މީހުންނާއި އެ ފަދަ މައްސަލަތައް މަދުކުރުމުގައި މީޑިއާތަކުގެ ދައުރާއި މީޑިއާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި މީޑިއާތަކަށް މައުލޫމާތު ދެއްވީ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓު އަދި ޕޮލިސް މީޑީއާ ސެންޓަރު އޮފިސަރުންނެވެ.



