ލ. ދަނބިދޫގައި އުމުރުން ދުވަސްވީ އަންހެނަކު މޫދަށް ގޮސް އުޅެނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ،އެރަށު އިރުމަތީ ފަރާތު ކޯޒްވޭ ސަރަހައްދުގައި މޫދުގައި މަރުވެފައި އޮތްވާ މިއަދު ހަވީރު ފެނިފައިވަނީ އެ ރަށު ނިޔަނދުރުގޭ، އައިމިނަތު އުމަރު، 65، ކަމަށެވެ. އޭނާ ފެނިފައިވަނީ އޮޔާދަނިކޮށް ކަމަށްވެސް ފުލުުން ބުނެފައި ވެއެވެ. އަދި އެމިހާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެެސެންޓަރާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



