ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 50 ބިދޭސީން ފުލުހުން ހޯދައިފި އެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އިސްނެގުމާއެކި ފުުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަން އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާފައިވާއިރު، މާލޭ ލޯކަލް މާރުކޭޓާއި، މާލެތެރޭގައި ހިންގާ މާރުކޭޓުތައް ބަލާ ގަވާއިދާ ޚިލާފަށް އުޅޭ 50 ބިދޭސީން ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި މި މީހުން މިހާރު ވަނީ އިމިގްރޭޝަންއާ ހަވާލުކޮށްފަ އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، ފުލުހުންނާއި، އިމިގްރޭޝަން ގުޅިގެން “އޮޕަރޭޝަން ކުރަނގި”ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ މީގެ ދެމަސް ކުރިން ފަށާފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި މި މަސައްކަތުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަން ހެދޭވަރުގެ ފޮޓޮއާއި މައުލޫމާތު ދަނީ ނަގަމުންނެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ.



