ގއ ވިލިގިއްޔަށް ނިސްބަތްވާ ޒުވާން ކެޔޮޅު އަދި އެކްޓިވިސްޓް އަލީ ސާޖިދު ހައްޔަރުކޮށްފި އެވެ.
ސާޖިދު ރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ ގއ ވިލިނގިލީ އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީއެއް ހިންގި މައްސަލައަކާއި ގުޅިގެންނެވެ.
ފުލުހުންބުނީ މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާ ގއ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އުމުރުން 32 އަހަރުގެ ސާޖިދު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކެޔޮޅު ސާޖިދަކީ މަސްވެރިންގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ޒުވާނެކެވެ. ޚާއްސަކޮށް މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލައިގައި އެންމެ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުން އަންނަ ކެޔޮޅެކެވެ.




