އައްޑޫ ސިޓީ ހިތަދޫ ޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު، އައްޑޫސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އިސްވެރިންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އައްޑޫސިޓީ ހިތަދޫ ޕޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހިތަދޫ ޕޯރޓްގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ބެެލެހެއްޓުމުގައި، ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމާއި، ސްޓާފް އޮފިސަރުންގެ އިތުރުން ހިތަދޫ ޕޯރޓުގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.




