ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ވަގަށް ނަގައިފި އެވެ.
ސްޓެލްކޯއިން ބުނީ، ވަގަށް ގެންދިޔައީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ކަމަށެވެ. އެގޮތުން، ޓްރާންސްފޯމަރަށް ގުޅާފައިވާ އެ ސްޓޭޝަންގެ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ދަނީ އެ މައްސަލަަ ތަހުގީގު ކުރަމުންނެވެ.



