ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ ގްރައުންޑް އޮޕަރޭޝަންސްއަށް ބޭނުންވާ ސޭފްޓީ އޮޑިޓް އާކޮށްފި އެވެ.
އެއާޕޯޓް އޮަޕަރޭޓްކުރަމުން އަންނަ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނީ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން(އައިއޭޓީއޭ) ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް(އައިއެސްއޭޖީއޯ) އާ ކޮށްފައިވާކަމަށާއި، އޭގެއިން ފާސްވެފައިވަނީ އޭވިއޭޝަން ސޭފްޓީއާއި ކޮމްޕްލައިންސްގެ އެންމެ މަތީ ފެންވަރުގައި ކަމަށެވެ.
އައިއެސްއޭޖީއޯއަކީ، އެއާލައިންތަކަށް ގްރައުންޑް ހޭންޑްލިންގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޮޕަރޭޝަނަލް މެނޭޖްމަންޓާއި، ކޮންޓްރޯލް ސިސްޓަމްތައް ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާކަން ކަށަވަރުކުރާ ނިޒާމެކެވެ. އައިއެސްއޭޖީއޯ ބިނާވެފައިވަނީ ސިނާއަތަށް މުހިންމު އަދި އުސޫލުތަކުގެ މައްޗަށް ކަމާއި، އެއީ އޭވިއޭޝަން ވިޔަފާރިތަކުގެ ތެރެއިން އެއްގޮތަކަށް ނަތީޖާ ލިބޭ ސްޓޭންޑަރޑައިޒްޑް އޮޑިޓެއް ކަށަވަރުކުރުމަށް ސްޓްރަކްޗަރ ކުރެވިފައިވާ ނިޒާމެކެވެ.
ގްރައުންޑް ސާވިސަސް ޚިދުމަތްދޭ ފަރާތްތަކުން އެއާސައިޑް ޕެސެންޖަރ ޓްރާންސްޕޯޓް އަދި ބެގޭޖް ހެންޑްލިންގ އިން ފެށިގެން ލޯޑް ކޮންޓްރޯލް އަދި ކާގޯ ހެންޑްލިންގ އާއި ހަމައަށް އައިއެސްއޭޖީއޯ އޮޑިޓް ސްޓޭންޑަރޑްސްގެ އޮނިގަނޑެއް އޮވެއެވެ. އޭގެ ދަށުން ކަށަވަރުކުރާ ކަންތައްތަކުގެ ތެރޭގައި:
- ގްރައުންޑް އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި އެކްސިޑެންޓްތަކާއި އަނިޔާތައް މަދުކުރުން
- ޚަރަދު ކުޑަކުރުން
- އެއްގޮތް މިންގަނޑުތައް ހިފެހެއްޓުން
- ސޭފްޓީ ކަންކަނމަށް އަހައްމިއްޔަތުކަންދޭ މިންވަރު ރަނގަޅުކުރުން
- ފެންވަރު ރަނގަޅު މިންގަނޑުތަކެއް ހިފެހެއްޓުން
- ގްރައުންޑް އޮޕަރޭޝަންތަކުގެ ތެރޭގައި ރިސްކް ބޮޑު ދިމަދިމާ އަށް ފާރަވެރިވުން
އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ގްރައުންޑް އޮޕަރޭޝަންސްއަށް ބޭނުންވާ ސޭފްޓީ އޮޑިޓް ސެޓްފިކެޓް އާންމުންނަށް ދައްކާލާފަ އެވެ.




