ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ”ވައިޓް އެލާޓް“ ނެރެފި އެވެ.
މެޓް އޮފީހުން ”ވައިޓް އެލާޓް“ ނެެރެފައިވަނީ 12:30 އިން ފެށިގެން ހަވީރު 04:30 އާ ހަމަޔަށެވެ.
އެލާޓް ނެރެފައިވަނީ ހއ އިން ފެށިގެން ބ އަތޮޅާ ހަމަޔަށެވެ. އެލާޓްގައި ބުނެފައިވަނީ މި 6 އަތޮޅަށްވެސް އެލާޓް ނެރިފައިވާ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރޭ ފަތިހު 04:30 އިން ހެނދުނު 08:30 އާ ހަމަޔަށް ހއ އިން ފެށިގެން ނ އަތޮޅާ ހަމަޔަށްވެސް ވައިޓް އެލާޓް ނެރުނެވެ. އެ އެލާޓްގައި ވެސް ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ބުނީ، އުތުރާއި މެދުރާއްޖެތެރެއަށްވެސް ވިއްސާރަވެ ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



