އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ 2 ވަނަ ދައުރާގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ މި ދައުރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 އަދި 10 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އަރަބި ބަހުން ކުރިޔަށްގެންދަން ހަމަޖެހިފައިވާ މި ދައުރާގައި ސެޝަންތައް ނަންގަވައިދެއްވާނީ ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ފޮނުވާ ދީނީ ޢިލްމުވެރިންނެވެ. މި ދައުރާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖާގަ ހޯދުމަށް އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމް ފުރުމަށްފަހު މިނިސްޓްރީއަށް މެއިލްކުރެވޭނެއެވެ.
އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދައުރާގެ ފުރަތަމަ ދައުރާ ބާއްވާފައިވަނީ މެއި މަހުގަ އެވެ. އެ ދައުރާގައިވެސް އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.



