ގދ. ވާދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ %55 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ވޯޓަރ ސުވަރޭޖް ކޮމްޕެނީ(ކޮމްޕެނީ) އިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ، ގދ. ވާދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ޕަމްޕް ސެޓޭޝަނާއި، ނަރުދަމާ ނެޓްވޯކް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ޖުމްލަ މަޝްރޫއަަށް ބަލާއިރު، މިހާރު %55 މަަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
ސަރުކާރުގެ ފަރާތުން އެމްޑަބްލިއުއެސްސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ދުވަހު އެވެ. އޯފިޑް ފަންޑްގެ އެހީގައި ކުރިޔަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ، 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޝަރުޠުކޮށް، 216 މިލިއަން ރުފިޔާގެ އަގަކަށެވެ. އެހެންނަމަވެސް، އެމްޑަބްލިއު އެސްސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، އެ އެގްރީމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ.




