އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން އެހީތެރިވާން ފަށައިިފި އެވެ.
އެންއެމްޑީއޭ އިން ބުނީ މ. އެންޒިއަން ގޭގެ ތިން ވަނަ ފަންގިފިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ 3-ބީ އެޕާޓްމެންޓް ދިރިނޫޅެވޭވަރަށް އަނދާ ހުލިވެފައިވާކަމަށެވެ. އަދި، އެ އެޕާޓްމެންޓަށް ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔަވަހިކަން ހަމަޖެއްސުމަށާއި، ކުރިއަށް އޮތް 15 ދުވަހަށް ހުރުމާއި ކެއިން ބުއިމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި، އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމަށްފަހު ލިބުނު ގެއްލުމުގެ ބަދަލުވެސް އެފަރާތްތަކަށް ދޭނެކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މ. އެންޒިއަން ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެތަނުން އަކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. މިހާދިސާގައި ދުމުގެ އަސަރުކޮށްގެންވެސް 4 މީހަކަށް ފަރުވާދީފައި ވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މުޅި އިމާރާތައް ލިބުނު ގެއްލުން އަދި ސާފެއް ނުވެއެވެ.



