ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގައި ދަރިވަރުން ނަމާދުކުރަން ޚާއްސަ ތަނެއް ހުޅުވައިފި އެވެ.
ސީއެޗްއެސްސީގައި ގާއިމުކުރި ނަމާދުކުރާ ކޮޓަރި ހުޅުއްވައި ދެއްވީ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު އެވެ.
ސީއެޗްއެސްސީގެ ދަރިވަރުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ތަރައްގީ ކުރެވުނު މިތަނަކީ 40 ދަރިވަރުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ގާއިމުކުރެވުނު ތަނެެކެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ތަނަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަޞައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީ އިން ފަންޑުކޮށްގެން ޤާއިމު ކުރި ތަނެއްކަަމަށެވެ. އަދި، އެތަނުގައި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ވަކިން ނަމާދު ކުރެވޭގޮތާއި، ވުޟޫކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސީއެޗްއެސްއީގައި 1700 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން ދެއެވެ.




