ފުވައްމުލަކު ސިޓީ، ވޭސްޓް މެނޭޖްމަންޓް ސެންޓަރ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނީ، ވޭސްޓް މެނޭޖްމަންޓް ސެންޓަރ ސަރަހައްދުގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ، ރޭ 20:24 ހާއިރު ކަމަށެވެ. އަދި އެ ރިޕޯޓް ލިބުމާއެކު ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަކަމަށެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވުނީ ރޭ ދަންވަރު 00:12 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.



