ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރައްވާފައި ވަނީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓެއްގައެވެ.
މިއަހަރު ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު!“ މިއެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ. އެއީ ދިވެހިރާއްޖޭގައި ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަބީ މަޖައްލާ ކަމުގައިވާ“އަލްއިޞްލާޙް“ ނެރެން ފެށުނު ދުވަހެވެ.



