ބ. ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ %93 ނިމިފައިވާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ތަފުސީލު ހާމަކޮށް އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ %81 އަދި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތުގެ %55 ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.
މި މަޝްރޫޢުގެ ދަށުން، 25,500 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5,433 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 658 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 173 މީޓަރުގެ ބޭރުތޮށި ލުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 2 ރޭމްޕެއް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ، 51.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



