ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ ސަރަހައްދުގައި ހަތިޔާރާއެކު ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފްގެ ”ބޮން ސްކޮޑް“ ވެސް އެ ސަރަހައްދުގައި އެބަހަރަކާތްތެރި ވެއެވެ.
އެމްއެންޑީއެފް އިން ބުނީ، ވޭނުގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓް ލިބުމުން، އެފަދަ ކަންކަމުގައި އަމަލުކުރަމުންދާ ”ޕްރޮސީޖަރ“ އާ އެއްގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަދި ވޭނަށްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އަދާހަމަ(02:45):
މިހާތަނަށް ބެލި ބެލުމުން ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
”ނުރައްކާތެރި ގޮވުމެއް ނުވަތަ ގޮވުމުގެ އަޑެއް ނޫންކަން މިޚިދުމަތައް އެމްއެންޑީއެފް އިން ވަނީ ޔަގީންކޮށްދެއްވާފައި.“ ފުލުހުން ބުންޏެވެ.



