އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު އައްޑޫ ރީޖަނަލް ކަސްޓަމްސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ މިބައްދަލުވުން ބޭއްވީ އައްޑޫ ރީޖަނަލް ކަސްޓަމްސްގައެވެ. މި ބައްދަލުވުމުގައި ސަދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ސަރަހައްދުގެ ކަސްޓަމްސްއާ ގުޅުންހުރި ކަންކަމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާކޮށްފައި ވެއެވެ. އަދި، މިހާރު ކުރިމަތިވަމުންދާ ދަތިތަކާ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެކަންތައްތައްކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމާއި ސްޓާފް އޮފިސަރުން ބައިވެރިވެލެއްވި އެވެ.



