ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އާބާދީ ދުވަހާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ، މި ޤައުމަށް އަގުހުރި ދަރިއެއްކަމަށާއި، ދިވެހީންގެ ކުރިމަގަށްކުރާ އުންމީދުގެ ބައިވެރިއެއް ކަމަށެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ ”ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން“ މިއެވެ.




