ދިވެހިރާއްޖެ، އިންޓަރނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަންގެ މެމްބަރަކަށްވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން އިއްޔެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ އެކު މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއިން ވަނީ މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާގައި، އިންޓަރނޭޝަނަލް ހައިޑްރޯގްރަފިކް އޯގަނައިޒޭޝަންގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވުމުން، އެކަމުން ދިވެހިރާއްޖޭގެ ހައިޑްރޯގްރަފީގެ ދާއިރާއަށް ލިބޭނެ ކުރިއެރުންތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށް، ހައިޑްރޯގްރަފީގެ ދާއިރާއިން ދިވެހިރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.
މީގެ އިތުރުން، މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއިން މެރިން ސްޕޭޝިއަލް ޑޭޓާ އިންފްރަސްޓްރަކްޗަރ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.



