މިއަދު ހެނދުނު ސިނަމާލެ ބްރިޖުގެ ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި، މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.




