މޫސުމާ ބެހޭ ގައުމީ އިދާރާ އިން އުތުރުގެ ދެއަތޮޅަކަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ހއ. އަދި އދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން އިރު އޮއްސި 06:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެދެ އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އުތުރު އަތޮޅުތަކަށް މޫސުން ގޯސްވެ ރޭ ދަންވަރު 03:15 ގައި ހއ އިން ފެށިގެން ބ އަތޮޅާ ހަމަޔަށް ހުދު ސަމާލުނެރުނެވެ. އޭރު ސަމާލު ނެރުނީ ހެނދުނު 08:15 އާ ހަމަޔަށެވެ.
އުތުރަށް މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.



