އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަންސްގެ ރިޔާސީ ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ކުށްވެރިކުރައްވައި، ރައީސް ޑރ. މުއިއްޒު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސިޔާސީ މައިދާނުގައި ހަމަނުޖެހުމަށް ޖަގާ ނޯންނާނޭކަމަށާއި، އެންމެހައި ތަންތަނުގައި ހިންގާ އެކި ބާވަތްތަކުގެ އަނިޔާވެރިކަން އެމަނިކުފާނު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެެވެ. އަދި މި ދަނޑިވަޅުގައި ޓްރަމްޕާއި، އެމަނިކުފާނުގެ އާއިލާއާ މަތިން ހަނދުމަކޮށް، ޓްރަމްޕާއި، އެމަނިކުފާނުގެ އާއިލާއާއި، ހަމަލާގައި ޒަޚަމްވީ މީހުންނަށް ހެޔޮ އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕް އަވަހާރަކޮށްލަން އަމާޒުކޮށް ދިން ބަޑީގެ ހަމަލާއެއްގައި ޒަޚަމްވެއްޖެ
ޓްރަމްޕް އަވަހާރަކޮށްލަން އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފައިވަނީ، ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން ރެލީއެއްގައި، ރެލީގެ ބައިވެރިންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަންވަން ޕޯޑިއަމް ކައިރީގައި ހުންނަވަނިކޮށްނެވެ. މިހަމަލާގައި އެމަނިކުފާނުގެ ކަންފަތްޕުޅަށް ޒަޚަމްތަކެއް ލިބުނުނަމަވެސް، އެމަނިކުފާނުގެ ހާލަތު ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.




