ފިއުލް ސަޕްލައި އޮފް މޯލްޑިވްސް(އެފްއެސްއެމް) ވިއްކި ތެލުގައި ފެން ހުރިކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.
އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެންހުރި ކަމަށް ލިޔެ މީސް މީޑިއާގައި ދައުރުވަމުންދާ ޚަބަރަކީ ތެދު ޚަބަރެއް ނޫންކަމަށެވެ.
އެބަޔާނުގައި، އެ ކުންފުނިން ވިއްކާ ތެލަކީ، ކޮލިޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓް ކުރެވޭ އިންތިޒާމް ހުރިހައި ބާޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެކަމުގެ ޔަގީންކަން، އެ ކުންފުނިން ތެޔޮ ގަނެ ބޭނުންކުރާ ފަރާތްތަކަށް ދީފައި ވެއެވެ.
އެފްއެސްއެމްއިން ވަނީ، ތެލުގެ ކުއަލިޓީ ހިފެހެއްޓުމަށް އެކަމަށް ހެދިފައިވާ ގަވާއިދުތަކާއި، އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީކުރުމަށާއި، ކަމާބެހޭ ފަަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އަންގާފަ އެވެ.



