މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އުމުރުން 22 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިކެނެއްކަމަށް ފުލުހުން ބުންޏެވެ.
މި މަހުގެ 15 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އެ އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 278 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒު ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުގެ، ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



