ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވަަހާރަ ވެއްޖެ އެވެ.
މުއުމިނާ އަވާހަރަވެފައިވަނީ އޭޑިކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވީ އުމުރުން 80 އަހަރުފުުޅުގަ އެވެ.
މަރްހޫމް މޫމިނާގެ މޫނު ދެއްކުން މެންދުރުފަހު 02:00 ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިޔަށްދާއިރު، ކަށު ނަމާދުވެސް އޮންނާނީ މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިކަމަށް އާއިލާއިން މައުލޫމާތު ދީފައި ވެއެވެ.
ރައީސް ސާލިހްގެ މަންމާފުޅާއި އަވަހާރަވުމާއި ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ސާލިހަށާއި ރައީސް ސާލިހު އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.



