ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މަންމާފުޅު އަވަަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހަމައްދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވެއްޖެ އެވެ.
އެމަނިކުފާނު ތައުޒިޔާގެ މެސެޖު ހިއްސާކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
”ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން.“ މެސެޖުގައި ވެއެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި… pic.twitter.com/LpATU1h0YN
— Dr Mohamed Muizzu (@MMuizzu) July 18, 2024
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
އިބްރާހީމް މުހައްމަދު ސާލިހުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވާހަރަވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު، އުމުރުުފުޅަކީ 80 އަހަރެވެ.



