ބަނގުރާ ފުޅިތަކަކާއެކު ހުުޅުމާލެއިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ، އިއްޔެ ހުޅުމާލެފޭސް-1 ގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، އޭނާއާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބާލާފާސްކުރުމަށް ފަހުގައި ކަމަށެވެ. އަދި، ގުލްޒާރު މާހިނގުމުން ދަނިކޮށް އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ދަބަސް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 20 ފުޅި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހައްޔަރުކުރީ ބިދޭސީއެއް ނަމަވެސް، އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު ހުޅުމާލެ ފޭސް-1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި އެސަރަހައްދުގެ ދިއްގާމަގު ކެޔޮޅު ބީޗުގައިހުރި ގަސްގަނޑެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ހުޅުމާލެ ފޭސް-1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަކަމަށް ފުުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.



