ދައުލަތުގެ ތިން ވަޒީރަކު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފި އެވެ.
ޗައިނާއަށް ފުރާ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފިނޭންސް މިނިސްޓަރު ޑރ. އަހްމަދު ޝަފީގުގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. މިނިސްޓަރުންގެ އަރިހުގައި ސަރުކާރުގެ އިސް ވަފްދެއްވެސް ބައިވެރިވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅަކީ، ޗައިނާގެ މެމްބަރ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީ.ޕީ.ސީ ސެންޓްރަލް ކޮމިޓީ، ޑިރެކްޓަރ އޮފް ދަ އޮފީސް އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިސް އެކްސެލެންސީ ވަންގ ޔީ ގެ ދައުވަތަކަށް، ކުރައްވާ ދަތުފުޅެކެވެ.
މި ދަތުރުފުޅުގެ ބޭނުމަކީ މިއަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގެ ނަތީޖާގެ ކުރިއެރުންތައް މުރާޖައާކޮށް، ދެގައުއުމުގެ ޝައުގުވެރިކަން ހުރި މުހިންމު ބައެއް ދާއިރާތަކާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މިމަހުގެ 19 އިން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މި ތިން ވަޒީރުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައި ދެގައުމުގެ ގުުޅުން ބަދަހި ކުރުމަށް ރަސްމީ މަޝްވަރާ ކުރައްވާއިރު، ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގައި ޝާމިލުވާ ޗައިނާގެ މައި ކުން ފުނިތަކާވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.



