މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގައި ވޯޓް ދިނީ 3528 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސްއިން އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު އަދާހަމަކޮށް، ހާމަކުރި ގޮތުގައި މި އަދު ބޭއްވި ބައި-އިލްކެޝަނުގައި ވޯޓުދިނުމުގެ ހައްގު އެ 6 ދާއިރާއިން ޖުމްލަ 13،112 މީހުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ބައި-އިލެކްޝަންގައި ވޯޓްލާން ބެހެއްޓި 25 ފޮށި ބަންދުކުރުމާއި ހަމަޔަށް ވޯޓް ދީފައިވަނީ 3528 މީހުންނެވެ. މިއީ، ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ %26.91 އެވެ. ވޯޓުލުމުގެ ވަގުތު ހަމަވީއިރު، 9584 މީހުން ވޯޓްލާފައެއް ނުވެއެވެ. އެއީ، ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ %73.09 އެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަން ބޭއްވި ދާއިރާތައް:
- ހެންވޭރު ހުޅަނދު ދާއިރާ
- މައްޗަންގޮޅި މެދު ދާއިރާ
- ހުޅުމާލެ ދާއިރާ
- ކުޅުދުއްފުށި އުތުރު ދާއިރާ
- ބިލެތްދޫ ކައުންސިލްގެ ރައީސް
- ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި
މިއަދު އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިންނެވެ. އޭގެތެރޭގައި، މާލެ ސިޓީ ކައުންސިލްގެ 3 ގޮނޑިއާއި ކުޅުދުއްފުށި ކައުންސިލްގެ ގޮނޑި ހިމެނެއެވެ.



