އުދަ އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން 13:15 އިން 17:15 އަށް ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދު ދިޔަވަރު ބޮޑުވާ ބައެއް ގަޑިތަކުގައި މި ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި، ބައެއް ރަށްތަކަށް މިއަދު ކެރީގެ އަސަރު ކުރާނެކަމަށް ލަފާކޮށްފައިވީނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ވައިޖެހޭނޭކަމަށް މިއަދު ކަފާކޮށްފައިވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގަ އެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.




