ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
މަޝްރޫއުގެ މަސައްކަތުގެ އަދާހަމަކޮށް، މިއަދު އެކުންފުނިން ބުނެފައިވަނީ އެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅަން ޖެހެއެވެ.
210 ދުވަސް ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ 11 އެޕްރިލް 2022 ގައެވެ. މިއީ، 26.27 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.



