”ނޭޝަނަލް ޖޮބް ސެންޓަރ“ ގެ ނަން ”ނޭޝަނަލް ކެރިއަރސް ސަރވިސް“ ގެ ނަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވާކަން ހާމަކުރައްވާފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެއްވުމަކުންނެވެ. މި ބަދަލު ގެނެސްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، މި ބަދަލާއެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ކެރިއަރސް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމަށެވެ.
”ނޭޝަނަލް ކެރިއަރސް ސަރވިސް“ އަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ސެންޓަރެކެވެ.



