ހއ ތަކަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ %85 ނިމިފައިވާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ، މުޅި މަޝްރޫއުގެ %85 މަސައްކަތް ނިމިފައިވާކަމަށާއި މިހާރު ކުރިޔަށްދަނީ،
މި ޕްރޮޖެކްޓްގައި ހިމެނެނީ 8.37 ކިލޯމިޓަރުގެ ފެނުގެ ވިއުގައާއި، 6.33 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައާއި، އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރާ ތާންގީ ބެހެއްޓުމާއި، ޕަމްޕް ސްޓޭޝަންތައް ޤާއިމުކުރުމާއި، ސީ އައުޓުފޯލްގެ މަސައްކަތެވެ. އެގޮތުން 2 އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށް 3 ތާންގީއާއި، އަދި ނަރުދަމާއަށް 3 ޕަމްޕް ސްޓޭޝަން ބަހައްޓާނެއެވެ. މީގެ އިތުރުން އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
540 ދުވަސްތެރޭގައި ނިންމާގޮތަށް މި މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ، 15 ނޮވެމްބަރު 2020 ގަ އެވެ. އެ ކުންފުނިން މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ، 2 ޑިސެމްބަރު 2021 ގަ އެވެ.
ތަކަންދޫ ފެނާ ނަރުދަމާމަޝްރޫއުގެ އަގަކީ 76.7 މިލިއަން ރުފިޔާއެވެ.


