ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ(ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕް(ޕީޖީ)ގެ ޑެޕިއުޓީ ލީޑަރުކަމުން، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިސްތިއުފާ ދެއްވައިފި އެވެ.
ތޯރިގް އެމަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާ ދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުން ކަމަށެވެ.
ތޯރިގްގެ އިސްތިއުފާދެއްވުމުން، މިހާރު ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ތިއްބަވާނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އަދި، ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.



