މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން މިދިޔަ ދެ ހަފްތާގެ ތެރޭގައި ކިރުވި މަހަށް ފައިސާ ދޫކޮށްފި އެވެ.
މިފްކޯއިން ބުނީ، އިއްޔެ ދޫކޮށްފައިވަނީ، 13 ޖުލައި އިން 25 ޖުލައިގެ ނިޔަލަށް ކިރުވި މަހަށްވާ 2.1 މިލިއަން ރުފިޔާ ކަމަށެވެ. އެއީ، 136 މެޓްރިކް ޓަނަށްވާ ފައިސާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، ދިވެހި ސަރުކާރާއި ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަމާއެކު މިދުވަސްވަރު މަސްވެރިން ބާނާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރެވޭކަމަށެވެ. އަދި، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މިފްކޯގެ ޓީމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ފާހަގަކޮށް، މިފްކޯއިން ވަނީ އެ އެހީތެރިކަމަށް މިނިސްޓަރަށް ޝުކުރު ދަންނަވަފަ އެވެ.
މިފްކޯއިން މިހާރު މަސްވެރިން އަތުން މަސް ގަންނަނީ ދުނިޔޭގެ ބާޒާރުގައި މަސްގަންނަ އަގަށް ބަލައިގެން، ހަފުތާއިންހަފުތާއަށް ކަނޑައެޅޭ އަގަކަށެވެ.


