ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ދަންމާލައިފި އެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމަޔަށެވެ. ސަމާލު އެންމެ ފުރަތަމަ ނެރުނީ ފަތިހު 05:30 ގަ އެވެ. ސަމާލުގެ ވަގުތު 10:30 ހަމަވާއިރު، މިހާރުވަނީ ހަވީރު 05:30އާ ހަމަޔަށް ސަމާލު ދަންމާލާފަ އެވެ.
މެޓް އޮފީހުން ބުނެފައިވަނީ، ސަމާލު ނެރެފައިވާ ވަގުތު ތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި މި ސަރަަހައްދަށް ވައިޖެހޭނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.



