ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ކާރާކާއި ސައިކަލެއް ޖެހި މި އެކްސިންޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންކަން މިހާތަނަށް ބެލި ބެލުުން އެނގިފައިވޭ.“ ފުލުހުން ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އެކްސިޑެންޓްގެ ވީޑިއޯ އިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރަތްކުލައިގެ ކާރެއް، ކޮންޓްރޯލް ނުވެގޮސް ޕާކްކޮށްފައިއިން ސައިކަލެއްގެމަތީގައި އިންމީހެއްގެ ގައިގާ ކާރުން ޖެހި އެ މީހާ ވަރަށް ދުރަށް ވިއްސައިގެންދާތަން ފެނެއެވެ. ފުލުހުން ބުނީ، އޭނާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވާކަމަށެވެ. އަދި، މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓުވުމުން ފިލައިގެންގޮސްފައިވާކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.



