ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
މިކަން ބަޔާންކޮށް މިއަދު ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި ހަނިއްޔާ އަވަހާރަކޮށްލާފައިވާތީ، އެކަން ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށެވެ.
އެ ބަޔާނުގައި، ބައިނަލްއަޤުވާމީ ޤާނޫނާއި ބައިނަލްއަޤުވާމީ އިންސާނިއްޔަތުގެ ޤާނޫނު ދަމަހައްޓައި، ޣައްޒާގެ ދަތިކަމަށް އަވަސް އަދި ދެމިއޮންނަ ހައްލެއް ހޯދައި، އެ ސަރަޙައްދުގައި ސުލްހަ މަސަލަސްކަމާއި، ހަމަޖެހުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ގައުމުތަކަށް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.
ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް އިރާނަށް ކުރެއްވި ދަތުރުފުޅުގައި، އިރާނުގެ ވެރިރަށް ތެހެރާންގައި އެމަނިކުފާނު ހުންނެވި ގެކޮޅަށް އިއްޔެ ހެނދުނު ހޫޘީ ހަނގުރާމަވެެިން ދިން ހަމަލާއެއްގަ އެވެ. މި ހަމަލާގައި ހަނިއްޔާގެ ހަށިފާރަވެރިއަކުވެސް ވަނީ ޝަހީދުވެފަ އެވެ.




