މާލެ ސަރަހައްދުގައި މިވަގުތު މަސްވެރިކަން ރަނގަޅުކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ރާއްޖޭގެ މަސްވެރިކަން މިވަގުތު އޮތް ގޮތުން، އެކުންފުނީގެ މަސްކިރާ ބޯޓުތަކުގެ ހަރަކާތްތައް މިއަދު ކުރިޔަށްދާގޮތް މީޑިއާތަކާ ހިއްސާކޮށް މިފްކޯއިން ބުނެފައިވަނީ، މާލޭ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވެފައިވާތީ ރަންދި-20 މާލެ ކައިރީގައި މަސްކިރަން މިއަދު އޮންނާނެކަމަށެވެ.
މިފްކޯއިން ބުނީ، ލާމު އަތޮޅާއި ތ އަތޮޅާ ދެމެދު މިހާރު މަސްވެރިކަން މެދު މިންވަރަކަށް ރަނގަޅު ނަމަވެސް، ދެކުނު މަސްވެރިކަން ރަނގަޅުވާނެކަމަށް ލާފާކުރެވެނީ އަންނަ ހަފުތާއިން ފެށިގެން ކަމަށެވެ.
މެދު ރާއްޖެތެރެއަށް ބަލާއިރު މ އަތޮޅުގައި މިވަގުތު މަސްވެރިކަން ރަނގަޅެވެ. އެހެންކަމުން ރަންދި-23 މިވަގުތު ދަނީ އެއަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. އަދި، މަހާ ކަލަމިންޖާ މ އަތޮޅަށް ދާން މިއަދު ފުރާނެކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.


