ވ. ބޮޑު މޮހޮރާގައި ބަނގުރާ ގެންގުޅެ ވިއްކިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ އެ ރަށުގައި ބަނގުރާ ގެންގުޅެ ވިއްކާކަމުގެ މައުލާތު ލިބުމާ ގުޅިގެން ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯރސްމެންޓް ޑިޕާޓްމެންޓާއި އިންޓެލިޖެންސާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި، ސްރީލަންކާ ރައްޔިތެެކެވެ. މި އޮޕަރޭޝަނަށްފަހު ފުލުހުން ވަނީ އެމީހުންގެ ފޮޓޮއާއި ވަނަވަރުވެސް ހާމަކޮށްފަ އެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތަފުސީލު:
- އަހްމަދު އަޝްރަފް(43)، މ.ލަކްސް ގާޑެން/ މާލެ ސިޓީ
- އަމްޖަދް މުހައްމަދު(50)، ބްލޫހެވެންއާގެ/ ގދ. ތިނަދޫ
- ނަލިން އިންޑިކާ ކޮޑިކަރަ(53)، ސްރީލަންކާ
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ބޮޑު މޮހޮރާ ބަލާ ފާސްކުރި އިރު އެތަނުން 24 ފުޅި ބަނގުރާވެސް ފެނިފައިވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.



