ބިޔަރު ދަޅުތަކަކާއެކު ހުޅުމާލެއިން ފުލުހުން އަތުލައިގަތް ބަންގްލަދޭޝް މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
48 ބިޔަރު ދަޅާއި 1 ބަނގުރާ ފުޅިއާއެކު، ހުޅުމާލޭ އަމީން އެވެނިއު ކައިރިން ފުލުހުން އޭނާ އަތުލައިގަނެފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ފޮޓޮއާއި ވަނަވަރު މިއަދު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މައުލޫމާތުން އިނގޭގޮތުގައި އެރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ސޯހިދުލް އިސްލާމް(33) އެވެ. އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެދީފައިވާ ކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



