ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން, ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ބައެއް މެޝިނަރީޒް ތަކާއި, ޓެސްޓް ކިޓްތަކެއް ހަދިޔާ ކޮށްފި އެވެ.
މިތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާ އެވެ. މިއީ، ޗައިނީސް ޔުއާންގެ 100،000 އަގު ހުރި ތަކެތި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން މިތަކެތި ހަވާލުކުރީ، ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި، ރާއްޖޭގައި ހުންނަ ޗައިނާ އެއްމްބަސީ ގުޅިގެން މިއަދު ބޭއްވި ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގަ އެވެ.



