މޮރިޝަސްގައި ބޭއްވި ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން ތިން ވަނަ ދިވެހިރާއްޖެ ތަމްސީލް ކުރި ބައިވެރިޔާއަށް ލިބިއްޖެ އެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ޢަބްދުﷲ އަލްޔަސަޢު ބިން ޒަމްޒަމް އެވެ.
އަލްޔަސަޢު މުބާރާތުން ހޯދި ކާމިޔާބީއާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.
ބޭރު ޤައުމުތަކުގައި ކުރިއަށްދާ ޤުރުއާން މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އަންނަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދެމުންނެވެ.




